National Centre for Linguistic and Historical Research

ދިވެސް އަކުރު ދަސްކޮށްދޭ ކޯސް 2007

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބާއްވި ދިވެސްއަކުރު ދަސްކޮށްދޭ ކޯހުގެ ފެށުމުގެ ރަސްމިއްޔާތު 2007 އޮކްޓޯބަރު 21 ވީ އާދިއްތަ ދުވަހުގެ ރޭ 8:00 ގައި ޝީ ބިލްޑިންގ ގެ ޖަލްސާކުރާ މާލަމުގައި އޮތެވެ.
މި ކޯހުގެ މަޤުޞަދަކީ : ދިވެސް އަކުރަކީ ދިވެހިން އިހުޒަމާނުގައި ލިޔެ އުޅުނު އަކުރުތަކަށްވާތީ ދިވެސްއަކުރު ދަންނަބަޔަކު އުފެއްދުމާއި ދިވެހި ތާރީޚުގެ ދިވެސް އަކުރުން ލިޔެފައިވާ ފަތްކޮޅުތަކާއި ލިޔުންތައް ކިޔަން ދަންނަ ބަޔަކު އުފެއްދުމާއި ދިވެހި ތާރިޚު ދިރާސާކުރާނެ ބަޔަކު އުފެއްދުމެވެ.
މި ކޯހުގެ މުއްދަތަކީ: އޮކްޓޯބަރ 21 ން ނޮވެމްބަރ 18 ށް
މި ކޯހުގައި ބައިވެރިވެފައިވަނީ ފޯމު ހުށަހަޅައިގެން 46 ފަރާތްތަކުންނާއި މަރުކަޒުގެ އެކިއެކި ސެކްޝަންތަކުން 6 މުވައްޒަފުން.
ކޯހުގެ ކިޔަވައިދިނުން އޮންނާނީ ދެ ގްރޫޕަކަށް ބަހައިލައިގެން ހުކުރު ފިޔަވައި ހަފްތާގެ ކޮންމެ ރެއެއްގައެވެ.
ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 18 ގަޑި އިރެވެ.


ދިވެސް އަކުރު ދަސްކޮށްދޭ ކޯސް 2007 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން