މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތް - 2010 (7 މާރޗު 2010)
އިޢްލާން، ގަވާއިދު، ދާއިރާތަކާއި ބައިވެރިވާން އެދޭ ފޯމުތައް
ކުޑަކުދީން ކިޔާނެ ފޮތް ދިވެހިބަހުން ލިޔެ ތައްޔާރުކުރުމުގެ މުބާރާތް 2010
(8 ފެބުރުއަރީ 2010)
މި މަރުކަޒުން އިޢުލާނުކޮށްގެން 1999 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސަރުކާރުންދެއްވާ ޚާއްޞަ އިނާމަށް ދިވެހިބަހުން ކުޑަކުދީން ކިޔާނެ ފޮތް ހުށަހެޅުން، މި އަހަރުންފެށިގެން އޮންނާނީ ކުޑަކުދީން ކިޔާނެ ފޮތް ދިވެހިބަހުން ލިޔެ ތައްޔާރުކުރުމުގެ މުބާރާތެއްގެ ގޮތުގައެވެ.
މިއީ، ކުޑަކުދީން ޝައުޤުވެރިވާގޮތަށް ހުންނަ ކުޑަކުދީން ކިޔާނެ ޚާއްޞަ ދިވެހި ފޮތް، އިތުރު ކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.
ޅެންވެރިންގެ ދުވަސް 2010 (15 ޖަނަވަރީ 2010)
ޖަނަވަރީ 15 ވަނަ ދުވަސް ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ 1989 ވަނަ އަހަރުން ފެށިގެންނެވެ.
ޅެންވެރީންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، އިހުގެ ޅެންވެރީންގެ ޒިކުރާ އައުކުރުމާއި މިހާރުގެ ޅެންވެރީންނަށް ހިއްވަރު ދިނުމެވެ. އަދަބިއްޔާތުގެ ތެރެއިން އެންމެ ފަށުވި އެއް ފަންނު ކަމުގައިވާ ޅެންވެރިކަން ކުރިއެރުވުމަށް ހިއްވަރު ލިބިގަތުމެވެ.
އިޢްލާން (16 ނޮވެމްބަރ 2009)
މި މަރުކަޒުގެ ނަމްބަރު: 27/2009/ހ-149 (30 އޯގަސްޓް 2009) އިޢުލާނާ ގުޅޭ ގޮތުން ދަންނަވަމެވެ.
މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދާރުލްއާސާރު ބެލުމަށް ދަތިވާތީ، މި ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުން ފެށިގެން، ދާރުލްއާސާރު ދެއްކުން ސަރުކާރު ބަންދުނޫން ދުވަސް ދުވަހު ހެނދުނު 8:00 އިން ހަވީރު 6:00 އަށް ހުޅުވިފައި ހުންނާނެ ވާހަކަ ދެންނެވީމެވެ.
އަދި، ހއ. އުތީމުގައި ހުންނަ އުތީމު ގަނޑުވަރު ބަލަން ބޭނުންވާ މީހުންނަށް ޢީދު ބަންދުތެރޭ އެތަން ބެލޭނެގޮތް ނޮވެމްބަރ 28، 29 މި ދެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށް ހަމަޖެއްސި ކަންވެސް އަންގައި އިޢުލާން ކުރަމެވެ.
ލިޔުންތެރިންގެ ދުވަސް 2009
ލިޔުންތެރީންގެ ފޮތް މައުރަޒު 2009 (8 ޖުލައި 2009)
ލިޔުންތެރީންގެ ދުވަހާ ގުޅިގެން ނެރުނު ލީފުލެޓު
ހުރަވީ ދުވަސް 1430 (27 މެއި 2009)
ހުރަވީ ދުވަސް – ނިސްބަތްވަނީ އައްސުލްޠާން ޙަސަން ޢިއްޒުއްދީން ދޮންބަންޑާރައިންނަށެވެ. އެ ރަދުން މަލަބާރީންގެ އަތުން މި ރާއްޖެ މިނިވަންކުރެއްވި ދުވަހަށެވެ. ޖިހާދަށެވެ. ޤައުމަށްޓަކައި ދިވެހި ދަރިޔަކުވި ޤުރުބާނީ ހަނދާން ކުރުމުގެ ގޮތުންނެވެ. ހުރަވީ ދުވަސް – ޤައުމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ހަމަޖެއްސެވީ އެހެންވެއެވެ. މި ދުވަސް ފާހަގަ ކުރަންފެށީ 1980މ. ވަނަ އަހަރުގައެވެ.
ރ.އަނގޯޅިތީމުން ކުރީގެ ބިނާއެއް ފެނުން (27 މެއި 2009)
ރ. އަނގޮޅިތީމުގެ ގެއެއްގައި މަސައްކަތެއް ކުރަނިކޮށް ރާއްޖެ އިސްލާމުވުމުގެ ކުރީގެ އަސަރުތައް ހުރި ބިނާއެއް ވަނީ ފެނިފައެވެ.